Thursday, June 5, 2008

Mandates of Departments of MPS

Commissioner's Office
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ކަނޑައެޅުމާއި، އެކި ޑިޕާރޓްމަންޓްތަކުގެ އެންމެހާ މަސައްކަތްތައް ވިލަރެސްކުރުމާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ މަޤުޞަދާއި ތަޞައްވުރު ހާޞިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އިން ހާޞިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާޞިލްކުރުމަށްޓަކައި ޒަމާނީ ތަރައްޤީއާއި ފައިހަމަވާ ގޮތެއްގައި މޯލްޑިވްސް ޕޮލިސް ސާރވިސް ބައްޓަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުވުން
Infortmation and Technology Department
މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ޙަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް މުވާޞަލާތާއި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބޭނުންވާ ކަންތައްތައް ދެނެގަނެ، އެޚިދުމަތް ޤާއިމްކޮށް، ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތަށް ފޯރުކޮށްދިނުމާއި ކްރައިމް ރިކޯޑްސް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން
Capital Police
މާލެ، ހުޅުމާލެ، ތިލަފުށި އަދި ހުޅުލެ އަކީ ސަލާމަތްތެރި، ރައްކައުތެރި ސަރަހައްދަކަށް ހެދުމަށްޓަކައި މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުން
Northern Region
ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރި އަކީ ސަލާމަތްތެރި، ރައްކައުތެރި ސަރަހައްދަކަށް ހެދުމަށްޓަކައި މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުން
North Central Region
މިލަދުންމަޑުލު ދެކުނުބުރި، މާޅޮސްމަޑުލު އުތުރުބުރި، މާޅޮސްމަޑުލު ދެކުނުބުރި އަދި ފާދިއްޕޮޅަކީ ސަލާމަތްތެރި، ރައްކައުތެރި ސަރަހައްދަކަށް ހެދުމަށްޓަކައި މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުން
Central Region
މާލެއަތޮޅު، އަރިއަތޮޅު އުތުރުބުރި، އަރިއަތޮޅު ދެކުނުބުރި އަދި ފެލިދެއަތޮޅަކީ ސަލާމަތްތެރި، ރައްކައުތެރި ސަރަހައްދަކަށް ހެދުމަށްޓަކައި މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުން
South Central Region
މުލަކަތޮޅު، ނިލަންދެއަތޮޅު އުތުރުބުރި، ނިލަންދެއަތޮޅު ދެކުނުބުރި، ކޮޅުމަޑުލު އަދި ހައްދުންމަތި ހިމެނޭ އަތޮޅުތަކަކީ ސަލާމަތްތެރި، ރައްކައުތެރި ސަރަހައްދަކަށް ހެދުމަށްޓަކައި މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުން
Southern Region
ހުވަދުއަތޮޅު އުތުރުބުރި، ހުވަދުއަތޮޅު ދެކުނުބުރި، ފުވައްމުލައް އަދި އައްޑުއަތޮޅަކީ ސަލާމަތްތެރި، ރައްކައުތެރި ސަރަހައްދަކަށް ހެދުމަށްޓަކައި މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުން
Marine Police
ދިވެހިރާއްޖޭގެ އެތެރެކަނޑާއި ކަނޑުފަޅުގެ ސަލާމަތްތެރިކަމާއި ރައްކައުތެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
Criminal Investigation Department
ދިވެހިރާއްޖޭގައި ހިނގާ ޖިނާޢީ ކުށުގެ މައްސަލަތައް ދިރާސާކޮށް ދެނެގަނެ، ތަޙުޤީޤްކޮށް، ޝަރީޢަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމާއި. އެހެނިހެން ފިޔަވަޅު އަޅަންޖެހޭ މައްސަލަތައް ކަމާބެހޭ ދާއިރާތަކަށް ފޮނުވުން
Finance Department
މޯލްޑިވްސް ޕޮލިސް ސާރވިސްގެ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި، އެގޮތުން ހޯދާ ފައިސާ ބިނާކުރަނިވި ގޮތަށް ޚަރަދުކުރެވޭނެ ގޮތްތައް ރާވާ، ޚަރަދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
Forensic Department
މައްސަލަތައް ތަޙުޤީޤްކުރުމުގެ މަރުހަލާގައި، މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުށުގެ ވެށިން ހެކި ހޯދުމާއި އެހެކި ޝަރުއީ ކޯޓުގައި ޤަބޫލުކުރެވޭނެ ފެންވަރަށް ތަހުލީލްކުރުން
Human Resource Department
މޯލްޑިވްސް ޕޮލިސް ސާރވިސްގެ މަޤާމްތަކަށް މުވައްޒަފުން ކަނޑައެޅުމާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާނެ ތަމްރީންތައް ދެނެގަނެ އެފުރުޞަތު ހޯދާދިނުމަށް މަސައްކަތްކުރުން
Internal Affairs Department
މޯލްޑިވްސް ޕޮލިސް ސާރވިސްގެ މުވައްޒަފުންގެ މައްޗަށް ރައްޔިތުންކުރާ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައި އެމުވައްޒަފުންގެ މައްޗަށް އުފުލޭ ޝަކުވާގެ މައްސަލަތައް ހާމަކަމާއިއެކު ތަޙުޤީޤްކޮށް އެކުށެއްގެ ބާވަތުން އަޅަން ޖެހޭ ފިޔަވަޅު އެޅުން
Logistic Support Department
މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ބޭނުންވާ ލޮޖިސްޓިކްސްގެ އެހީތެރިކަން ފޯރުކޮށްދިނުން
Police Academy
މޯލްޑިވްސް ޕޮލިސް ސާރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ރާވާ ހިންގުން
Police Custiodial Department
ކުށުގެ ތުހުމަތުގައި، ތަޙުޤީޤަށް ހައްޔަރުކޮށްފައިވާ މީހުން، ސަލާމަތްތެރިކަމާއި ހަމަހަމަކަމާއިއެކު ބެލެހެއްޓުން
Public Affairs Department
މުޖުތަމަޢާއި ގުޅިގެން ކުށްމަދުކުރުމަށް މަސައްކަތްކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަސައްވުރު ރަގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
Special Operations Command
ކުއްލި ހާލަތްތަކުގައި މަސައްކަތްކުރާނެ ޚާއްސަ ހުނަރާއި ޒަމާނީ ވަސީލަތުގެ ޤާބިލްކަން ލިބިފައިވާ ފުލުހުންގެ ޓެކްޓިކަލް ބަޔަކު ޤާއިމްކޮށް، ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޚިދުމަތްދިނުން
Internal Intelligence Department
ޤައުމީ އަދި ދާޚިލީ ސަލާމަތާއި ރައްކައުތެރިކަމާއި، މުޖުމަތަޢުގެ ހަމަޖެހުމާއި އާންމު މަސްލަހަތު ޙިމާޔަތްކުރުމަށް، އިންޓެލިޖެންސް މައުލޫމާތު ހޯދާ، ދިރާސާކޮށް އެމައުލޫމާތު ދޭންވާ ޑިޕާރޓްމަންޓަށް ފޯރުކޮށްދިނުން
Infrastructure Development Department
މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ބޭނުންވާ އިމާރާތްތައް ފަރުމާކޮށް ބިނާކުރުވުމާއި، މަރާމާތުކޮށް ބެލެހެއްޓުން
Command Center
ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ފަރާތްތަކަށް، ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުވުން